މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

                  ދިވެހިރާއްޖޭގެއިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ކައުންސިލްގެ ކުރިޔައްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރުމަށް ޖުލައިމަހު  ރައްޔިތުންނަށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެރޭ 20:30 ގައި ރ.އަތޮޅު މަދަރުސާގެ ހޯލް ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

 

ބައްދަލުވުމުގައި ރައްޔިތުންނަށް ޙިއްޞާކުރުމަށް ހަމަޖެހިފައިވާ ކަންކަން.

  • 2024 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ހިއްސާކޮށް ޚިޔާލު ހޯދުން.
  • 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކޮށް ޚިޔާލު ހޯދުން.
  • ކައުންސިލްގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަހެޅުން.
  • ތަރައްޤީގެ ޕްލޭނަށް އަމަލީސިފަ އަންނަމުންދާގޮތުގެ މަޢުލޫމާތު ހިއްސާކުރުން

 

  ވީމާ، މިބައްދަލުވުމަށް ދުވާފަރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

 

 

23 ޖުލައި 2023
ހޯދާ