ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ޕްރީސްކޫލް ހިންގުން ކޮންޓްރެކްޓްކޮށް ދޫކޮށްލުން

                         ހުޅުދެލީ ޕްރީސްކޫލް ކޮންޓްރެކްޓް އުސޫލުން ހިންގުމާއި ސާފުކޮށް ބެލެއްޓުމާގުޅޭ

            2023، 2024 ވަނަ އަހަރު (ދިރާސީ އަހަރު) ހުޅުދެލީ ޕްރީސްކޫލް ކޮންޓްރެކްޓް އުސޫލުން ހިންގާ ދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ.

                         މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ކަރުދާހާއި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 އޮގަސްޓް 03 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. ވިޔަފާރި ތަމްސީލުކުރާ ފަރާތުގެ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅުއްވާނީ ބީލަން ހުށައެޅުމަށް ދުރުވާނެ ފަރާތުގެ މަޢުލޫމާތެވެ. އެއްވެސް ސަބަބަކާހުރެ އެފަރާތަށް ބީލަން ހުށައެޅުމަށް ދުރުވެވެން ނެތްނަމަ ސަބަބު ބަޔާންކޮށް ބަދަލުގައި ބީލަން ހުށައެޅުމަށް ދުރުވާނެ ފަރާތުގެ މަޢުލޫމާތު ލިޔުމުން މިއިދާރާއަށް އަންގަންވާނެއެވެ.

                        މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ.

                        މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހުޅުދެލީ ކައުންސިލް އިދާރާގެ ނަމްބަރ  6760049 ފޯނާގުޅުއްވުންއެދެމެވެ.

                        ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ޖުލައި 2023
ހޯދާ