ދިވެހިރާއްޖެ
ނަންބަރ: (IUL)363-ADM/363/2023/21
އިޢުލާން
ރައްޔަތުންނާއި ބައްދަލުކުރުން
ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާޢިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔަތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ކޮންމެއަހަރަކު ޖުލައި މަހު ސިޓީ ކައުންސިލް ތަކުންނާއި ރަށުކައުންސިލް ތަކުން ބާއްވަންޖެހެއެވެ. އެހެންކަމުން މިކައުންސިލްގެ ފަރާތުން ރައްޔަތުންނާއި އެކު ބާއްވާ ބައްދަލުވުން 30 ޖުލައި 2023 ވާ އާދިއްތް ދުވަހުގެ 20:30 ގައި މ.ވޭވަށު ކައުންސިލް އިދާރާގެ ސެމިނަރރޫމްގައި ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
- 2024 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ޠާވަލް ރައްޔަތުންނާއި ޙިއްޞާކުރުން
- 2024 ވަނަ އަހަރަށް ލަފާކުރެވޭ ކައުންސިލްގެ ބަޖެޓް ރައްޔަތުންނާއި ޙީއްޞާކުރުން
- 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ރައްޔަތުންނާއި ހިއްޞާކުރުން
ވީމާ، މިބައްދަލުވުމުގެ ބައިވެރިވެލެއްވުމަށް ރަށުގެ އެންމެހާ ރައްޔަތުންނަށް ދަޢުވަތު އަރުވައި، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
06 މުޙައްރަމް 1445
23 ޖުލައި 2023