ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފަރުނީޗަރު ޖަހައިދީ ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ހިންގަމުން އަންނަ ލީލި ލައުންޖަށް ވަރަށް އަވަސް ގޮތެއްގައި ބޭނުންވާ އިތުރު ފަރުނީޗަރު، މި ކުންފުނިން ދޭ މިންގަނޑުތަކާއި/ކުރެހުމާއި/ނަމޫނާއާއި އެއްގޮތަށް "ފެބްރިކޭޓް"ކޮށް، ސަޕުލައިކޮށް، "އިންސްޓޯލް" ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
| 
 #  | 
 ތަފްސީލު  | 
 ބޭނުންވާ އަދަދު  | 
| 
 1  | 
 ގޮނޑި 1  | 
 55  | 
| 
 2  | 
 ގޮނޑި 2  | 
 22  | 
| 
 3  | 
 މޭޒު 1  | 
 6  | 
| 
 4  | 
 މޭޒު 2  | 
 11  | 
| 
 5  | 
 މޭޒު 3  | 
 12  | 
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޖުލައި 30 ވާ އާދިއްތަދުވަހުގެ މެންދުރު 14:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) މެދުވެރިކޮށް މިބީލަމަށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 އޮގަސްޓު 09 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 އޮގަސްޓު 09 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
