ދިވެހިރާއްޖެ
(IUL)38-AC/38/2023/329 :ނަންބަރު
އިޢުލާން
މި ކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2023/308 އިޢުލާނުން، 2023 ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން ތިރީގައި މިދަންނަވާ ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ނިންމައިފީމެވެ.
ވޯޓުފޮށިބަހައްޓާ ރަށް/ތަން |
ވޯޓުލާސަރަޙައްދު |
ވޯޓުފޮށީގެނަން |
ވޯޓުފޮށީގެކޯޑު |
ވޯޓުފޮށީގެނަންބަރު |
ވަން އެންޑް އޮންލީ ރީތިރަށް، |
މި ފޮށްޓަށް ވޯޓުލާނީ ވަން އެންޑް އޮންލީ ރީތިރަށުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ވަން އެންޑް އޮންލީ ރީތިރަށް (ކ.މެދުފިނޮޅު) |
Z79.1.1 |
605 |
ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 (ތިރީސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.