މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިހާބު 2023 – އޮފިޝަލުން ހޯދުމަށް

 2023 ސެޕްޓެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ގުޅިގެން ކުޑަފަރީގައި ބަހައްޓާ ވޯޓު ފޮށީގެ އޮފިޝަލުންގެ ގޮތުގައި ތިރީގައި މިދަންނަވާ މަޤާމްތަކަށް އޮފިޝަލުން ހަމަޖެއްސުމަށް ބޭއްނުއްވެއެވެ.

  1. ވޯޓުލާ މަރުކަޒުގެ ވެރިޔާ
  2. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެޙީތެރިޔާ
  3. ކިޔު ނަންބަރު ދޫކުރަ އޮފިޝަލް
  4. ރިޒާވް އޮފިޝަލް

ވީމާ، ދެންނެވިފައިވާ މަޤާމްތަކަށް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ އޮފިޝަލަކަށް ވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ 2023 ޖުލައި 24 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ނުވަތަ ކައުންސިލްއިދާރާއަށް ދުރުވެ ހުށައެޅުން އެދެމެވެ.

21 ޖުލައި 2023
ހޯދާ