މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިހާބު 2023 - އޮފިޝަލުން ހޯދުމަށް

 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ރިސޯޓްތަކުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާ އަދި ވޯޓުލާ މަރުކަޒު ވެރިޔާގެ އެހީތެރިޔާ ހަމަޖެއްސުމަށް ނިންމާފައިވަނީ އަތޮޅުގެ ރަށްރަށުން ކަމަށްވާތީ،  ރޮބިންސަން ނޫނު (ނ.އޮރިވަރު) އަށް ދެންނެވިފައިވާ 2 އޮފިޝަލުން ހަމަޖެއްސުމަށް ބޭއްނުއްވެއެވެ.

އަދި ދަންނަވަމެވެ. އޮފިޝަލުންގެ ގޮތުގައި ހަމަޖައްސާ ފަރާތްތައް ހަމަޖައްސާ ރިސޯޓަށް ރީ ރެޖިސްޓްރޭޝަންގެ މުއްދަތުގައި ރީ ރެޖިސްޓަރީކުރުމުގެ މަސައްކަތްކުރަންވާނެއެވެ.

ވީމާ ދެންނެވިފައިވާ ރިސޯޓަށް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ އޮފިޝަލަކަށްވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑްގެ ކޮޕީ 2023 ޖުލައި 24 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ނުވަތަ ކައުންސިލް އިދާރާއަށް ދުރުވެ ހުށައެޅުން އެދެމެވެ.

21 ޖުލައި 2023
ހޯދާ