ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލީގަލް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)              

ކްލެސިފިކޭޝަން: ލީގަލް އެސޯސިއޭޓް ޕްރޮފެޝަނަލްސް

ރޭންކް: CS7-4

މުސާރަ: މަހަކު -/9,220 ރުފިޔާ

ސަރވިސް އެލަވަންސް: ދުވާލަކަށް -/80 ރުފިޔާ

ސްޕްޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ 35%

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދައުލަތުގެ އެކިއެކި ލޯނު ސްކީމުގެދަށުން މަތީ ތަޢުލީމު ހާސިލުކޮށް ނިމިފައިވާ ފަރާތްތަކުން، ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ޝަރީޢަތް މެދުވެރިކޮށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ތަޢުލީމު ހާސިލުކުރުމަށް ލޯނު ނަގައިގެން ލޯނު ނުދައްކާ ފަރާތެއްވާނަމަ، އެފަރާތުގެ މަޢުލޫމާތުތައް އެއްކޮށް، ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކުގެ މަޢުލޫމާތު އޮފީހުގެ އިސްވެރިޔާއަށް ނުވަތަ ކަމާބެހޭ ފަރާތްތަކަށް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  4. ޝަރީއަތަށް ފޮނުވާ މައްސަލަތަކުން، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން ތަމްސީލްކުރުމަށް ކޯޓަށް ދިއުން.
  5. ޝަރީއަތަށް ހުށައެޅޭ މައްސަލަތަކަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް، ކަމާބެހޭ ސަރުކާރުގެ ވުޒާރާގެ ލަފައާއެކު ތައްޔާރުކުރުން.
  6. ފައިސާ ނުދައްކާތިބި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  7. ޝަރީއަތުން ޙުކުމްކުރެވޭ މައްސަލަތަކުގެ ލިޔެކިއުންތައް ބަލަހައްޓައި، ޙުކުމާ އެއްގޮތައް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެކުލަވައިލެވޭ ހުރިހާ އުސޫލުތަކާއި އިޢުލާނުތަކާއި އެހެނިހެން ލިޔުންތައް ދިރާސާކޮށް ޤާނޫނީ ލަފާދިނުން.
  9. މީގެއިތުރުންވެސް، ލީގަލް  އެސިސްޓެންޓެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ކުރުން.

ޝަރުޠު:

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީއެސް3-7 ގްރޭޑުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އިން މަތިން މާކްސް ހޯދާފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ.  ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި ކުރާ އިންޓަވިއު އޮންނާނީ، 2015 މާރިޗު 1 އާއި 5 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ  އިދާރާތަކުން ހޯދާވާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަކިވި ދުވަސް/މަސް/އަހަރުވެސް އެނގެން އޮންނަންވާނެއެވެ.)

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 22 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ ނަންބަރު 3341307 ފޯނަށް ނުވަތަ3341303 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 19 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ