މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެންވައިރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

ދ. ހުޅުދެލީގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކަށް އެންވައިރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓެއް (އީ.އައި.އޭ) ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ސޯމިލްގެ 1 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

20 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ