ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ސްޓޯރޭޖް އިންސްޓްރުމެންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ނަންބަރު: TENDER/HMH/2023/040
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ސްޓޯރޭޖް އިންސްޓްރުމެންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރެޖިސްޓްރޭޝަން: |
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން 30 ޖުލައި 2023ވާ އާދިއްތަ 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ. |
ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް: |
|
އަންދާސީ ހިސާބު ހުށަހެޅުން: |
ބީލަން ހުށަހެޅުން އޮންނާނީ 3 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގް ރޫމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މި ހޮސްޕިޓަލުގެ ވެބްސައިޓް https://hmh.gov.mv/procurement އިން 20 ޖުލައި 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 ޖުލައި 2023ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152 / 3350113
އީ-މެއިލް: [email protected]
20 ޖުލައި 2023
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް