ދިވެހިރާއްޖެ
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖެ ތަޖުރިބާ ކުރަމުންދާ ގޮންޖެހުންތައް ކުރެހުންތެރިންގެ ހުނަރުން ފާޅުކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 04 ން 19 ށް އިނގެރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޝިފްޓިންގ ޓައިޑްސް – އަންވީލިންގ ރިސިލިއަންސް" އާޓް އެގްޒިބިޝަންގައި ރާއްޖޭގެ ކުރެހުންތެރިންގެ ކުރެހުންތައް ދައްކާލުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
އެގޮތުން މި އާޓް އެގްޒިބިޝަންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިޢުލާނާއެކު ހިމަނާލެވިފައިވާ ޓާރމްސް އެންޑް ކޮންޑިޝަންސްގައިވާ ގޮތުގެ މަތިން ބައިވެރިވެލައްވާ އެކަން 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިސެންޓަރުގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.