ދިވެހިރާއްޖެ
މި މިނިސްޓްރީން ދޭ ނަމޫނާއާއި އެއްގޮތަށް މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)88-ADHR/88/2023/42 (06 ޖުލައި 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ތިރީގައި މިދަންނަވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން/ހުޅުވުން |
02 އޯގަސްޓް 2023 (ބުދަ) |
10:30 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް، އަދި މަސައްކަތު މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.
އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.