މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްލާހު ކުރެވިފައިވާ ގޯތިދޫކުރާ ސަރަހައްދުގެ ޗާޓް

އިޢުލާން

 މިކައުންސިލްގެ ނަމްބަރ: (IUL)365-ESMS/2022/61 އިއުލާން ''ދިރިއުޅުމަށްޓަކައި މ.މުލިން ބަންޑާރަ ގޯތި ދޫކުރުން'' އާ ހަވާލާދީ ދަންނަވަމެވެ.

މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް ބިމެއް ދެއްވުމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ އެދިފައެވެ. އަދި މިނިސްޓްރީން މި ބިން ބޭނުންވަނީ މުލީ ރީޖަނަލް ހޮސްޕިޓަލްއާ ދިމާލު އިރުވައި ފަރާތުން ކަމަށް ވަނީ ދަންނަވާފައެވެ. މި ބިމަކީ ހަވާލާދީފައިވާ އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ގޯތި ދޫކުރާ ސަރަހައްދެއްކަމުން މި ބިން މ.މުލީ ރީޖަނަލް ހޮސްޕިޓަލް އެޅުމަށް ރިޒާރވް ކުރުމަށްފަހު ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އެހެން ސަރަހައްދަކުން މި ގޯތިތައް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މި އިއުލާނާއެކު ގޯތި ދިނުމަށް ގެޒެޓް ކުރެވިފައިވާ ޗާޓް އިސްލާހު ކުރުމަށްފަހު އާއްމުކުރީމެވެ.

18 ޖުލައި 2023
ހޯދާ