ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން އއ ތޮއްޑޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "ފާމަރސް މާކެޓް " (5,000 އަކަފޫޓު) އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ |
އަންގާރަ |
25 ޖުލައި 2023 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
ހޯމަ |
07 އޮގަސްޓު 2023 |
14:00 |
މި ބީލަމުގެ މަޢުލޫމާތު ސާފުކުރާ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.