ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
- ހއ.އިހަވަންދޫ އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖުލައި 18 އިން 2023 ޖުލައި 25 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޕޯސަލްއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖުލައި 25 ވާ އަންގާރަ ދުވަހުގެ ކުރިން މި އިޢުލާންގެ 3 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ލޯގޯ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2023 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 11:15 ގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމް ގައެވެ.
- މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބް ރައީސާ ނަޝީދާ ޢަބުދުﷲ
ފޯން: 9126464
އީ-މެއިލް: [email protected]
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
30 ޛުލްހިއްޖާ 1444
18 ޖުލައި 2023
ހޯދާ