މަޤާމު:
|
މޭސަން (ކޮންޓްރެކްޓް)
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ. ކައްދޫ
|
މަޤާމުގެ މުއްދަތާއި ގިންތި:
|
01 އަހަރު (ވަގުތީ)
|
މަޤާމުގެ ޝަރުޠު:
|
- ލިޔަންކިޔަންދަތުން.
- މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތްކުރެވޭ ސިއްޙަތެއްގައި ހުރުން.
- ރާނާ ސިމެންތި ޖެހުމާއި، އިމާރާތްކުރުމާއި މަރާމާތުކުރުމާއި ގުޅޭ މަސައްކަތްތަކުގެ ތަޖުރިބާ އާއި ހުނަރު ހުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އެއަރޕޯޓުގައި ކުރަންޖެހޭ ރާނާ ސިމެންތިޖަހައި މުށިޖަހައި އަދި ފެންވަޔަރު ކުރުމާބެހޭ މަސައްކަތްތައް ކުރުން.
- ޢިމާރާތްތަކުގެ އެތެރެއާއި ބޭރާއި ޢިމާރާތްތައް ހިމެނޭ ސަރަޙައްދު ކުނިކަހައި ފޮޅައި ސާފުކުރުން.
- ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އެވަގުތަކު ކުރަންޖެހޭ މަސައްކަތްތައް ޤަވާޢިދުން ކުރުން.
- މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
މުސާރައާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ -/4000ރުފިޔާ
- ސަރވިސް އެލަވަންސް -/6913ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
- ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
- ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
- ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
- ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
|
ސުންގަޑި:
|
2023 ޖުލައި 29 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން
|
އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ / Email: [email protected] ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
|