ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރަރ، ގަރޑްނަރ (ކޮންޓްރެކްޓް)

މަޤާމު:

  ލޭބަރަރ، ގަރޑްނަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

  01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

  ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ. ކައްދޫ

މަޤާމުގެ މުއްދަތާއި ގިންތި:

  01 އަހަރު (ވަގުތީ)

މަޤާމުގެ ޝަރުޠު:

  • ލިޔަންކިޔަންދަތުން.
  • މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތްކުރެވޭ ސިއްޙަތެއްގައި ހުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އެއަރޕޯޓްގެ ލޭންޑްސްކޭޕިންގ މަސައްކަތް ކުރުން.
  • އެއައރޕޯޓުގެ ނާސަރީ ބެލެހެއްޓުން.
  • އިމާރާތްތަކުގެ ކައިރީ ހުންނަ ބަގީޗާގަސްތައް ބެލެހެއްޓުމާއި، އިމާރާތް ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
  • އެއަރޕޯޓްގެ އެންމެހާ ސަރަޙައްދުތައް ރީތިކޮށް ފެހިކުރުމަށްޓަކައި ރުއްގަސް އިންދައި ރުއްތަކާއި ގަސްތަކަށް ކާނާއަޅައި އަދި ރުއްތަކާއި ގަސްތައް ރީތިކޮށް ސާފުކުރުން.
  • ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އެވަގުތަކު ކުރަންޖެހޭ މަސައްކަތްތައް ޤަވާޢިދުން ކުރުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/3000ރުފިޔާ
  • ސަރވިސް އެލަވަންސް -/6634ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

  2023 ޖުލައި 29 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
18 ޖުލައި 2023
ހޯދާ