މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ފުރުޞަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 13 ރަށެއްގެ 13 ސްކޫލެއްގައި ކުރެވޭ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާނުދާގޮތް ބެލުމާއި، މަސައްކަތްކުރާގޮތް ބެލެހެއްޓުމާއި އަދި މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްކޮށްދޭނެ ކުންފުންޏެއް ބޭނުންވެއްޖެއެވެ.

މަސައްކަތް: ކޮންސަލްޓިންގ ސާރވިސް (ކުންފުންޏެއް)

ބޭނުންވާ އަދަދު: 1 (އެކެއް) ކުންފުނި

މަސައްކަތުގެ މުއްދަތު: ހަތާވީސް (27) މަސްދުވަސް.

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރެއް

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓާރމްސް އޮފް ރެފަރެންސް އަދި ޝޯޓްލިސްޓިންގ ކްރައިޓީރިއާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް http://www.eedp.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 މާރިޗު 2015 ގެ 14:00 ގެ ކުރިން ނަންބަރު 103، އެދުރުހިޔާ އިމާރާތުގެ 1 ވަނަ ފަންގިފިލާއަށް އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341317، 3341318 އަށް ގުޅުއްވުން އެދެމެވެ. މަތީގައި ދެންނެވުނު ގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަވެސް ދެންނެވީމެވެ.

  1. ޕްރޮޕޯޒަލް
  2. ކޮމްޕެނީ ޕްރޮފައިލް
  3. ކޮންސަލްޓެންސީގައި މަސައްކަތް ކުރާނެ ފަރާތްތަކުގެ ޕްރޮފައިލް، ސީވީ އަދި މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރެންސް ލެޓަރ
  4. ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓު

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

      ޕްރޮޖެކްޓް ކޯޑިނޭޓަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )، ނަންބަރު :103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ އިމާރާތް، ފަޅުމަތީ މަގު،

       މާލެ، ދިވެހިރާއްޖެ

       ފޯން: 3341317، 3341318

       އީމެއިލް:[email protected]

މަސައްކަތަށް ހޮވުން: - މި މަސައްކަތަށް އެންމެ އެކަށިގެންވާ ފަރާތެއް ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރ.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓެންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ. މި ގަވާއިދު ވާރލްޑް ބޭންކުގެ ވެބްސައިޓްގައި ޢާންމުކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު: މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341301 ނުވަތަ 3341317 އާ ގުޅުއްވުން އެދެމެވެ.

12 ފެބުރުވަރީ 2015
ހޯދާ