ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ އާންމު ރައްޔިތުން ތަމްސީލުކުރާ މެންބަރުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާގުޅޭ
"ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާއި، މަސައްކަތްތައް ހިންގާނެ ގޮތުގެ އުސޫލު" ގެ 6 ވަނަ މާއްދާގެ ދަށުން، ހދ. ފިނޭ އާންމު ރައްޔިތުންގެ ތެރެއިން އައްޔަންކުރުމަށް ހަމަޖެހިފައިވާ 02 (ދޭއް) މެންބަރުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ހދ. ފިނޭ ރައްވެހިންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ގޫގުލް ފޯމް ހުށައެޅުއްވުން އެދެމެވެ.
ގޫގުލް ފޯމް ލިންކް : https://forms.gle/zTdY8oZEk8DFdnmp8
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
18 ޖުލައި 2023
ހޯދާ