ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޏ. ފުވައްމުލަށް ގޮފީގައި 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ކޯސްތައް ފެށުމަށް

   

      ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޏ. ފުވައްމުލަށް ގޮފީގައި  2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޖާގަ:         30 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:   2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 18 ޖުލައި 2023 ވާ އަންގާރަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ ފުވައްމުލަށް ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 03 އޮގަސްޓް 2023 ވާ ބުރާސްފަތި  ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު މަރުކަޒުގެ ފުވައްމުލަށް ގޮތްޕަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] ށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

17 ޖުލައި 2023
ހޯދާ