ދިވެހިރާއްޖެ
ޤުރުއާން މުދައްރިސް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ |
(IUL)255/255/2023/39 |
17 ޖުލައި 2023 |
މިކައުންސިލާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން މިރަށުގައި ހިންގަމުންދާ ޤުރުއާން ކުލާހުގެ މުދައްރިސްގެ ހުރުމާއި ކެއުން ހަމަޖައްސަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، އެމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން މިކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
25 ޖުލައި 2023 (އަންގާރަ) / ގަޑި 13:00 |
30 ޖުލައި 2023 (އާދިއްތަ) / ގަޑި 13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިއަށް ހާޒިރުވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ. އަންދާސީހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޢަބްދުﷲ ރަޝީދު
ރައީސް