ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ އިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ޢާއްމުކުރުން

މި އިޢުލާންވަނީ 17 ޖުލައި 2023 15:33 ގައި ބާތިލް ކުރެވިފައެވެ.


މި އިދާރާގެ ނަންބަރު (IUL)256-CA/256/2023/50 (21 ޖޫން 2023) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

މި އިދާރާއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)256-CA/256/2023/16 (14 ފެބުރުއަރީ 2023)

އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓާއި ގުޅޭގޮތުން ހުށަހެޅުނު

ޝަކުވާތަކާއި ދައުލަތުގެ އިދާރާތަކުން ހޯދުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ލިސްޓަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމަށްފަހު،

ޕޮއިންޓު ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު މި އިޢުލާނާއިއެކު ޢާންމު ކުރަމެވެ.

ވީމާ، ޢާއްމުކުރެވިފައިވާ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން

ލިޔުމުން އެކަން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ  [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.  

17 ޖުލައި 2023
ހޯދާ