ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ ތިނަދޫގައި ސަންސެޓް ޑެކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރުން

އިޢުލާން

ގދ ތިނަދޫގައި ސަންސެޓް ޑެކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރުން

      ގދ ތިނަދޫގައި ސަންސެޓް ޑެކެއްތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސަންސެޓް ޑެކެއް ތައްޔާރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ، އަލުން މި ބީލަން ހުށަހެޅުމަށް ހުޅުވާލައި އަލުން އިޢުލާނެ ކުރަމެވެ.  

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mv  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.              

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

13 ޖުލައި 2023 – 23 ޖުލައި 2023

 

 

ގދ.ތިނަދޫ ކައުންސިލް އިދާރާ

ބީލަން ހުށަހެޅުން

31 ޖުލައި 2023

ހޯމަ

13:00

ގދ.ތިނަދޫ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި

 

13 ޖުލައި 2023
ހޯދާ