މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ބަހައްޓާފައިވާ ތަކެއްޗާބެހޭ

އިޢުލާން

އޭދަފުށީ މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި އިންދާފައިވާ ގަސްތައްނެގުމުގެ މަސައްކަތަކާ ގުޅިގެން ތަކެތި ނެގުމަށް އެތައް ފަހަރެއްގެ މަތީން ރައްޔިތުންނަށް އެންގިފައިވާނެއެވެ. ނަމަވެސް މިއެންގުންތަކާ އެއްގޮތަށް މަދު ފަރާތްތަކަކުން ނަމަވެސް ޢަމަލުކޮށްފައިނުވުމާ، އަދި ބައެއް ފަރާތްތަކުން ތަކުރާރުކޮށް ތަކެތި ބަހައްޓަމުން ގެންދެއެވެ.

ވީމާ، މިހާރު މަގުމަތީގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން މިއަދުންފެށިގެން 12 ފެބްރުވަރީ 2015 ވާ (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ތަކެތި ނެގުމަށް އެފަދަ ފަރާތްތަކަށް އަންގަމެވެ. އަދި އެމުއްދަތުގެ ފަހުން މަގުމަތީގައި ބަހައްޓަފައިވާ ތަކެތި މިކައުންސިލާއި، އޭދަފުށި ޕޮލިސްޓޭޝަނާއިގުޅިގެން ނަގާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މިތަކެތި ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާނުވާނެ ވާހަކަ ދަންނަވަމެވެ.

15 ރަބީޢުލްއާޚިރު 1436

05 ފެބުރުވަރީ 2015
ހޯދާ