އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމު ކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އދ.އޮމަދޫ ކުޑަމިސްކިތު ގޯތިތެރޭގައާއި ހުކުރު މިސްކިތު ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމު ކުރުމަށް ބޭނުންވެއެވެ.

މިމަސައްކަތާ ގުޅޭ ބީލަން ފޮތް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް އދ.އޮމަދޫ ކައުންސިލް އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އދ.އޮމަދޫ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2015 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އދ.އޮމަދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

    1- "އދ.އޮމަދޫ 02 މިސްކިތު ގޯތީގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް"

    2- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު.

    3- ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު.             

13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ