މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-382404

ބޭނުންވާ އަދަދު:

1 (އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ސީއެސް 2-9

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

މަޤާމުގެ ނަން

ގްރޭޑް

އަސާސީ މުސާރަ

ސަރވިސް އެލަވަންސް ދުވާލަކަށްޖެހޭ ރޭޓް 30 ދުވަހަށް

ސްޕެޝަލް ޑިއުޓީ އެލަވަންސް

ލީގަލް އޮފިސަރ

ސީއެސް 9-2

10020.00

188.00 – 120.00

އަސާސީ މުސާރައިގެ %35

 

ސެޕެސަލް ޑިއުޓީ އެލަވަންސް

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު (އިޞްލާޙު 1) ގައިވާ ގޮތުގެ މަތިން އަސާސީ މުސާރައިގެ %35 އިންސައްތަ.   

ސަރވިސް އެލަވަންސް:

މަހަކު 5640 ރުފިޔާ

އެހެނިހެން އެލަވަންސް:

-        ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-        ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު (އިޞްލާޙު 1) ގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބު ދާރީވުން.

ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ ކަންކަމުގައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި ޔުނިޓްގެ އިސް މީހެއްގެ ޙައިސިއްޔަތުން އެހެން މުވައްޒަފުންނަށް އެހީތެރިކަން ދިނުން

އެކި ފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާއި ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުންނާއި، އޮފީހަށް ގާނޫނީ ލަފާދިނުމާއި ގާނޫނީ ލިޔެކިއުންތައް އެކުލަވާލައި ތައްޔާރުކުރުން.

އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.

ކައުންސިލުން ކަނޑައަޅާ  ސިޔާސަތުތަކާ ގުޅޭ ގޮތުން ހަދަންޖެހޭ އުޞޫލުތަކާއި، ގަވާއިދުތައް ހެދުން.

އެހެނިހެން ފަރާތްތަކާ ދެމެދުކުރެވޭ އެއްބަސްވުންތަކާ ބެހޭ ގޮތުން ލަފަޔާއި އިރުޝާދު ދިނުން.

ގަވާއިދުތަކަށް އަމަލުކުރަން ފެށުމާބެހޭގޮތުން ގާނޫނީ ލަފަޔާއި އިރުޝާދު ދިނުން.

އިދާރާއަށް ބޭނުންވާ ބިލްތައް އެކުލަވާލުމުގައި އާއި ގާނޫނީ ގޮތުން ހަދާ ގަވާއިދުތައް ހެދުމުގައި އިދާރާއަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި މަސައްކަތުގެ ދާއިރާ އާ ގުޅޭ ބިލްތައް އެކުލަވާލައި ތައްޔާރުކުރުން.

ސިވިލް ސަރވިސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުވައްސަސާތަކުން އެކި މައްސަލަތާގުޅިގެން ހޯދަން ބޭނުންވާ ލިޔުންތައް ފޮނުވުމާއި، އެތަންތަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މި ކައުންސިލަށް ބެލުމަށް އަންގާ މައްސަލަތައް ބެލުން.

މި ކައުންސިލާއި މި އަތޮޅުގެ ރަށު ކައުންސިލްތަކުންކުރާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މައްސަލަތައް އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް މޮނިޓަރކުރުން.

މި ކައުންސިލާއި މި އަތޮޅުގެ ރަށު ކައުންސިލްތަކުން ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އެންމެހައި މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވައިދާއި ޚިލާފުވާ ކަންކަން ފާހަގަކޮށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ލަފާދިނުން.

މި ކައުންސިލާއި މި އަތޮޅުގެ ރަށު ކައުންސިލްތަކުގެ ބަޖެޓް ރިޕޯޓް އަދި އަހަރީ ރިޕޯޓް ޤާނޫނާއި ގަވައިދާއި އެއްގޮތަށް ކުރަމުންދާކަން ކަށަވަރުކުރުން.

މި ކައުންސިލާއި މި އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކުގެ އަހަރީ ރިޕޯޓް ހެދުމުގައި ފުރިހަމަ އެއްބާރުލުން ދިނުން.

މި ކައުންސިލާއި މި އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކުންކުރާ މަސައްކަތްތައް ކުރަމުންދަނީ ޤާނޫނުތަކާއި ޤަވައިދުތަކާއި އެއްގޮތަށްތޯ ބެލުމަށް އެ ކައުންސިލްތައް މޮނިޓަރކޮށް  ކުރަންޖެހޭ މަސައްކަތްތައްކޮށް، ރިޕޯޓް ތައްޔާރުކުރުން.

މި ކައުންސިލާއި މި އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކުގެ އިންޓާނަލް އޮޑިޓްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކު ކުރުން.

އީ ކައުންސިލް ވިޔަ އަދި ގެމެން މޮޑިއުލްގެ ތެރެއިން ޙަވާލުކުރަވިފައިވާ މަސައްކަތްތައް ކުރުން.

ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީކަންތަކާއި އިދާރަގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމްގެ ރޭންކް

އަސާސީ ޝަރުތު

CS9-5

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، CS9-4 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

CS9-4

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، CS9-3 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

CS9-3

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، CS9-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

CS9-2

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ލޯ

ޝަރީޢާ އެންޑް ލޯ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން

ނެތް

(މަޤާމުގެ ކޯ ޑިސިޕްލިން

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ލީގަލް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 ގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮގސްޓް 01 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2023 އޮގަސްޓް 06 އާއި 2023 އޮގަސްޓް 10 އާ ދެމެދު، މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6720600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ޖުލައި 2023
ހޯދާ