ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 110 ވަނަ މާއްދާގައި ވާގޮތުގެމަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުން 2023 ޖުލައި 24 ވާ ހޯމަ ދުވަހުގެ 20:30 ގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ.
ބައްދަލުވުމުގެ އެޖެންޑާ
1. ކީރިތި ޤުރުއާނުގެ ބަރަކާތުން ބައްދަލުވުން ފެއްޓުން
2. ބައްދަލުވުމުގެ ތަޢާރަފް
3. 2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ރިޕޯޓް އިއްވުން
4. 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާ އަދި ބަޖެޓް ހިއްސާކުރުން
5. ރަށު ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
6. ރައްޔިތުންގެ ޚިޔާލު ހޯދުން
7. ބިލެތް މީރުކޮށްލެއްވުން
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.