ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ގދ.މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ
އެތެރޭގައި ކާރޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ އެތެރޭގައި ކާރޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުން: |
17 ޖުލައި 2023 ން 23 ޖުލައި 2023 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް: ބިޑްގައި ރަޖިސްޓްރީ ވުމަށް: https://forms.gle/Cfhqwcq5fYqr1vdN6 |
ޕްރީބިޑް މީޓިންގ: |
24 ޖުލައި 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި އޮންލައިން ކޮށް. (ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.) |
ބިޑް ބަލައިގަތުން: |
25 ޖުލައި 2023 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި) (އީމެއިލް ކުރައްވާނަމަ [email protected] އަށް، މަތީގައި ދެންނެވިފައިވާ ވަގުތު ހަމަވުމުގެ ކުރިން އީމެއިލްކުރެއްވުން އެދެމެވެ.) |
މިއިޢުލާނާއިއެކު، އަމިއްލަ ތަކެތީގައި ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ އެތެރޭގައި ކާރޕެޓް އަޅައިދިނުމުގެ މަސައްކަތު މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި އަދި އަގު ހުށަހަޅާ ފޯމު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.