ދިވެހިރާއްޖެ
ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ ގެ ޢިއުލާން (IUL)199-PLS/199/2023/42 ނަންބަރާއި ގުޅޭ ގޮތުން ދަންނަވަމެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް ގެނެވުނު ބަދަލާގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް NDR ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް މި އެލަވަންސްތަކާ ގުޅޭ ގޮތުން މަޢުލޫމާތު އަދާހަމަކެރެއްވުމަށް، ޕޯޓަލް އަށް ލޮގިން ކުރެއްވުމަށްފަހު، “PWD Condition Form” ފުރުއްވައިގެން ފަސޭހައިން މަޢުލޫމާތު އަދާހަމަކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެލަވަންސްއަށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުގެ މައުލޫމާތު އަދާހަމަކުރުމުގައި މި ކައުންސިލްގެ ފަރާތުންވެސް ދަނީ އެޙީތެރިކަން ފޯރުކޮށްދެމުންނެވެ.
ދަންނަވަމެވެ. ދަފްތަރުގައި ރަޖިސްޓްރީވެ މާލީ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އޮކްޓޯބަރު 2023 ގެ ނިޔަލަށް މަޢުލޫމާތު އަދާހަމަކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޖޫން 2023 އިން ފެށިގެން ފައިސާފެ އެހީ ހަމަޖައްސާދެވޭނެކަމުގައި ނޭޝަނަލް ޝޯޝަލް ޕްރޮޜެކްޝަން އެޖެންސީގެ ޢިއުލާންގައި ބަޔާންކޮށްފައިވެއެވެ.
ވީމާ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިއިދާރާއާއި ގުޅުއްވައިގެން ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން މައުލޫމާތު އަދާ ހަމަކުރެއްވެވުމަށް ދަންނަވަމެވެ.