މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާ ޚިލާފަށް އިޖުތިމާޢީ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރިތަކެތި ނެގުމާއި ބެހޭ

މިރަށުގައި ޢާންމުވެފައިވާ، މި ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުމައްޗަށާއި، ބަނދަރަށާއި، އަދި މިނޫންވެސް ތަންތަނަށް ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި ބަހައްޓަމުންދާ މައްސަލައަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރަމެވެ. މި މައްސަލައަކީ މިކައުންސިލުން 2014 ވަނަ އަހަރު ޢާންމުކޮށްފައިވާ ޤަވާޢިދު ނަންބަރު 2014/R-227 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ބެހޭ ޤަވާޢިދު) ގެ ދަށުން މަނާކަމެއް ކަމުގައި ދަންނަވަމެވެ.

އަދި މިފަދަ ތަނެއް  ނުވަތަ އެއްޗެށް ވާނަމަ، މި އިޢުލާން ކުރާ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ނުނަގައިފި ނަމަ، އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި އެ މުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި، އެތަކެތި ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

ޤަވާއިދާ ޚިލާފަށް ކުރެވޭ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމާއި، ޤާނޫނުތަކާއި ޤަވާއިދުތައް އަދި ހެދިފައިވާ އުސޫލުތަކަށް ބޯނުލެބުމުގެ ނުބައި ސަގާފަތެއް މުޖުތަމަޢުގައި އުފެދުމަށް މަގުފަހިވެއެވެ.

ވީމާ، މިވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

13 ޖުލައި 2023
ހޯދާ