މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021ވަނަ އަހަރު ރ.އިނގުރައިދޫއިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

2021ވަނަ އަހަރު ރ.އިނގުރައިދޫއިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

 

          2021 ވަނަ އަހަރު ރ.އިނގުރައިދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅާފައިވާ 52 ( ފަންސާސް ދޭއް ) ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ: (IUL)309-ESM/309/2021/7 ( 14 ފެބްރުވަރީ 2021 )ގެ އިޢުލާނަށް އިޖާބަދީ، 375 ފަރާތުން ހުށަހަޅާފައިވާ ފޯމްތަކާއިބެހޭ ތިރީގައިއެވާ މައުލޫމާތު އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

  • ގޯއްޗަށް އެދި ފޯމް ހުށިހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު.
  • ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަ ނުވެގެން ބާޠިލު ކުރެވުނު  ފަރާތްތަކުގެ މަޢުލޫމާތު.

          ވީމާ، މަތީގައި ދެންނެވިފައިވާ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 13 ޖުލައި 2023 ން  03 އޮގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ޝަކުވާ ހުށަހަޅާނީ ތިރީގައިމިވާ ގޫގަލް ލިންކު މެދުވެރިކޮށް ނުވަތަ  ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމް އިނގުރައިދޫ ކައުންސިލް އިދާރައިގެ ކައުންޓަރުންނާއި އަދި ދިވެހިރާއްޖޭގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

ގޫގަލްފޯމް: https://forms.gle/1d8LGkktEHG7bmXHA

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖުލައި 2023
ހޯދާ