އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޙާބު 2023ގެ އެކި މަސައްކަތްތަކަށް ބޭނުންވާ އެއްގަމު ދަތުރުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

(IUL)38-AD/38/2023/316 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޙާބު 2023ގެ އެކި މަސައްކަތްތަކަށް ބޭނުންވާ އެއްގަމު ދަތުރުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

މި ކޮމިޝަނުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް، ރިޔާސީ އިންތިޙާބު 2023ގެ އެކި މަސައްކަތްތަކަށް ބޭނުންވާ އެއްގަމު ދަތުރުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)38-AD/38/2023/275 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

13 ޖުލައި 2023
ހޯދާ