މަޤާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-350525
|
ބޭނުންވާ ޢަދަދު:
|
01
|
ގިންތި:
|
ދާއިމީ
|
ރޭންކް:
|
ޖީ އެސް 3
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ރަތަފަންދޫ ޞިއްޙީމަރުކަޒު / ގދ. ރަތަފަންދޫ
|
މުސާރަ:
|
-/4465ރ
|
ސަރވިސް އެލަވަންސް:
|
-/1500ރ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް (މަހަކު): -/700 ރުފިޔާ
- ހެލްތް ސާރވިސަސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- މީގެ އިތުރުން މަޤާމަށް ކަނޑައެޅުފައިވާ އިނާޔަތްތައް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:
|
- ޞިއްޙީ މަރުކަޒުގައި ބޭނުންކުރާ އެންމެހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
- ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯރޓް ލިޔެ ތައްޔާރުކޮށް ހޮސްޕިޓަލަށް ފޮނުވުން
- ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސަސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަހަރީފީއާއި ރޯޑްވާދިނަސް ކަނޑައެޅިފައިވާ މުއްދަތަށް ދެއްކުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- ޖަވާބު ދޭންޖެހޭ ސިޓީ، މެސެޖް އަދި ހޮސްޕިޓަލުން ރިކުއެސްޓްކުރާ މައުލޫމާތު ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދާ އެއްގޮތަށް ލިޔެ ތައްޔާރުކޮށް ފޮނުވުން
- ޞިއްޙީމަރުކަޒަށް ލިބޭ ތަކެތި ބަލައިގަތުމާއި އެންޓްރީ ބެލެހެއްޓުން، އަދި މަރުކަޒުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
- މުވައްޒަފުންގެ ބައްދަލުވުންތައް ހުންނަ ވެރިޔެއްގެ އިރުޝާދާ އެއްގޮތަށް ގަވާއިދުން ބާއްވައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
- ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުމާއި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެޙޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުން
- އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރުންނާއި، ޑްރައިވަރުންނާއި، އެޓެންޑެންޓުންނާއި އަދި ލޯންޑްރީ އެސިސްޓެންޓުންގެ ޓާގެޓާއި، މަސައްކަތުގެ އެޕްރައިސަލް އާ ގުޅޭގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުން
- މުވައްޒިފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ހޮސްޕިޓަލަށް ފޮނުވުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން
- ދައުލަތުގެ މާލިއްޔަތު ޤަވާއިދު އަދި މިނިސްޓްރީ އޮފް ހެލްތުގެ އުސޫލްތަކާއި އެއްގޮތަށް، ޞިއްޙީ މަރުކަޒުގެ ސްޓޮކް، އިންވެންޓްރީގެ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރުން
- ޞިއްޙީ މަރުކަޒުގައި ގިނަ ދުވަސްވުމާއި ހަލާކުވުމާއި ގުޅިގެން ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތާލަންޖެހޭ ތަކެތި ނީލަންކިއުން ނުވަތަ ނައްތާލުމުގެ މަސައްކަތްކުރުން
- ސިއްޙީމަރުކަޒަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމުގެ މަސައްކަތްތަކާއި، މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތުކުރުން
- ޞިއްޙީ ކާރިސާތަކުގައާއި ޕެންޑެމިކްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- .2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް.
- 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- .6މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
މަގާމުގެ ޝަރުތުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ގުޅޭ ވަޒީފާގެ ދާއިރާތަށް
|
އެޑްމިނިސްޓްރޭޝަން
މެނޭޖްމެންޓް
|
މަޤާމުގެ ތައުލީމީ ރޮގުތަށް
|
ނެތް
|
މަޤާމުގެ ޕްރިފާރޑް ޑިސިޕްލިން
|
ނެތް
|
މަގާމުގެ ކޯޑިސިޕްލިން
|
ނެތް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ.
http://health.gov.mv/Uploads/Downloads//Informations/Informations(357).pdf
|
މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖުލައި 2023 ގެ 13:00 ގެ ކުރިން، ގދ. ރަތަފަންދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު / ޕްރެކްޓިކަލް އިމްތިހާން 2023 އޮގަސްޓް މަހު 13 އިން 31 އާއި ދެމެދު އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ ރަތަފަންދޫ ޞިއްޙީމަރުކަޒުގައެވެ.
|
ޝޯޓް ލިސްޓް ކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުނ
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މަރުކަޒަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840095 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|