މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަކެތި ކުއްޔަށް ދޫކުރުމުގެ އުޞޫލު

 

މަޤުޞަދު

  1.       

(ހ)

މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލެވިފައިވާ އުޞޫލެކެވެ. މި އުޞޫލު އެކުލަވައިލެވިފައި ވަނީ މި އިދާރާގައި ހުރި ތަކެތި އުޞޫލެއްގެ ދަށުން ފަސޭހަ ކަމާއެކު ފޯރުކޮށް ދިނުމުގެ މަޤުޞަދުގައެވެ.

 

 

(ށ)

މި އުސޫލަށް ކިޔާނީ، "މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަކެތި ކުއްޔަށް ދޫކުރުމުގެ އުޞޫލު" އެވެ.

ތަކެތި ކުއްޔަށް ދިނުން

2. 

(ހ)  

މި އުޞޫލުގެ ދަށުން ތަކެތި ކުއްޔަށް ހިފާ ފަރާތްތަކުން މި އުޞޫލުގެ ޖަދުވަލު 1 ގައިވާ "މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަކެތި ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށް ފަހު ދަރަވަންދޫ ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

(ށ)

މި އުޞޫލުގެ ދަށުން ޚިދުމަތް ހޯދުމަށްޓަކައި ފޯމު ހުށަހެޅޭނީ ޚިދުމަތް ބޭނުންވާ ތާރީޚުގެ ގިނަވެގެން 15 ދުވަސްކުރިންނެވެ.

 

 

(ނ)

ކުއްޔަށް ނެގުމާއި ފައިސާ ދެއްކުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސާނީ ސަރުކާރުގެ ރަސްމީ ގަޑީގައެވެ.

ތަކެތި ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތު

3. 

 

ތަކެތި ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ ވިދިވިދިގެން 15 ދުވަހަށެވެ.

 

ކުއްޔަށް ދޫކުރެވޭ ތަކެއްޗާއި ކުއްޔަށް ދޫކުރެވޭ އަގުތައް

4.

(ހ)

ޕްލާސްޓިކް ގޮނޑި -/3ރ (ތިން ރުފިޔާ)

(ށ)

ޑައިނިންގ ޓޭބަލް -/30ރ (ތިރީސް ރުފިޔާ)

(ނ)

ޑައިނިންގ ޓޭބަލް ސެޓް -/40ރ (ސާޅީސް ރުފިޔާ)

(ރ)

ސްޓޭޖް ފަޅި (ހޮޅިން ހަދާފައިވާ، ފިލަޔާއެކު) -/30 (ތިރީސް ރުފިޔާ)

(ބ)

ލަކުޑި މޭޒް -/10ރ (ދިހަ ރުފިޔާ)

ތަކެތި ދޫކުރުން

 

5. 

 

 

ކުއްޔަށް ނަގާތަކެތި ދޫކުރެވޭނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަކެތި ކުއްޔަށް ހިފުމަށް އެދޭ ފޯމު ފުރުމަށްފަހު ހުށަހެޅުމާއެކު މަދުވެގެން 1 ދުވަހުގެ ކުލި ދެއްކުމުންނެވެ.

ޒިންމާވުން

6.

 

ތަކެތިކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ހިފި މުއްދަތުގެ ތެރޭގައި އެއްވެސް އެއްޗަކަށް ގެއްލުމެއްވެއްޖެ ނަމަ އޭގެ ބަދަލު ކުއްޔަށް ހިފާ ފަރާތުން ދޭންޖެހޭނެއެވެ.

 

ފާސްކުރެވުނީ: 12 ޖުލައި 2023 ވަނަ ދުވަހު ބޭއްވުނު ދަރަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 111 ވަނަ ޖަލްސާއިންނެވެ.

12 ޖުލައި 2023
ހޯދާ