މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދުރަސާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: ސަޕޯޓް ސަރވިސް 3

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރަ: މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި، ރަށާއި، ސެކްޝަން:

މަދުރަސަތުލް ސުލްޠާން މުޙައްމަދު/ ގއ. ދެއްވަދޫ/ އެކަޑަމިކް ސެކްޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި، ވާޖިބުތައް:

  1. ސްކޫލުން ޕްރިންޓުކުރަންޖެހޭ ތަކެތި، ރައްކާތެރިކަމާއެކު ޕްރިންޓުކުރުން.
  2. ސްކޫލުގެ ޕްރިންޓަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  3. ސްކޫލުން ތައްޔާރުކުރާ ފޮތާއި ލީފުލެޓްފަދަ ތަކެތި ޕްރިންޓުކޮށް، އެ ތަކެތީގައި ހީރަސްޖަހައި، އެތަކެތި ބެލެހެއްޓުން.
  4. ޓީޗަރުން އެދިލައްވާ ވަގުތަށް ވޯކުޝީޓުތަކާއި، ޓެސްޓު ޕޭފަރުތައް ޕްރިންޓުކޮށް ބެލެހެއްޓުން.
  5. ޕްރިންޓުކުރުމާބެހޭ އާލާތްތައް، ޤަވައިދުތަކާ އެއްގޮތަށް ބެލެހެއްޓުން.
  6. ބައިންޑްކުރަންޖެހޭ އެންމެހައި ތަކެތި ބައިންޑްކޮށް، އެތަކެތި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު:

- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އުޖޫރަޔާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަރވިއުއާއި، އިމްތިޙާންކުރުމާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2015 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހު، މަދުރަސަތުލް ސުލްޠާން މުޙައްމަދު/ ގއ. ދެއްވަދޫގައެވެ. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަރވިއު ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން އެކަން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި މަދުރަސާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 16 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި މި މަދުރަސާއަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، މަދުރަސަތުލް ސުލްޠާން މުޙައްމަދުގެ ނަންބަރު 7983976 ފޯނަށް ގުޅުން އެދެމެވެ. 

- މި މަދުރަސާގެ އީމެއިލަށާއި، ފެކުހަށް ފޮނުވާ ލިޔުންތައް ޤަބޫލެއް ނުކުރެވޭނެއެވެ.

- މި މަޤާމަށް ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ގްރޭޑް 10 ފުރިހަމަކޮށްފައިވާ ފަރާތްތައްވެސް ޝަރުޠު ހަމަވާނެއެވެ.

14 ރަބީޢުލްއާޚިރު 1436

04 ފެބުރުވަރީ 2015
ހޯދާ