ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ:
ކައުންސިލުން ކަނޑައަޅައި މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)263/263/2023/27 އިއުލާނާ ގުޅިގެން ދެވުނު މައުލޫމާތު ކަރުދާހުގައި އިވާލުއޭސަން ކުރެޓީރިއާ ހިމެނިފައި ނުވާތީ،އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 ޖުލައި 2023 ން 23 ޖުލައި 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.office.com/r/vRxejgiL8f
މިމަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ޖުލައި 2023 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 02 އޮގަސްޓު 2023 ވަނަ ދުވަހުގެ 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.
މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބިޑް ރަޖިސްޓްރީކުރުމުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
- ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
- ފޯން: 6520041
- އީމެއިލް: [email protected]