މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ނަންބަރު:   D15C-A/2023/1

 

 

 

އިޢުލާން

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ގިންތި:

ވަގުތީ 

ވަޒީފާ އަދާކުރަންޖެހޭ މުއްދަތު:

މީލާދީ 6 (ހައެއް) މަސްދުވަސް.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓު

މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

އެހެނިހެން އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/893 (އަސާސީ މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/1500

- ލިވިންގ އެލަވަންސް: -/2550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޯޓަށް ލިބޭ އެންމެހާ ލިޔެކިއުން (މެމްސް، އީފެކްސް، އީމެއިލް، ކައުންޓަރުން ބަލައިގަންނަ) ބަލައިގަނެ އެންޓްރީކޮށް ވެރިންނާ ޙިއްސާކޮށް، ޗީފް އެޑްމިނިސްޓްރޭޓަރ އަންގަވާގޮތެއްގެ މަތިން އެލިޔެކިއުން ލިބެންވާ ސެކްޝަންތަކަށް ރޫޓްކުރުން.
  2. ކޯޓުގެ މުވައްޒަފުންގެ ޙާޟިރީ ރެކޯޑް (މުވައްޒަފުންގެ ޗުއްޓީއާ ސަލާމުގެ ރިކޯޑުތަކާއެކު) "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު" އާއި އެއްގޮތަށް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  3. ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، ޗީފް އެޑްމިނިސްޓްރޭޓަރ އަންގަވާގޮތެއްގެ މަތިން ފުރިހަމަކުރުން.
  4. ކޯޓުގެ އިންވެންޓްރީއާއި ސްޓޮކް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  5. އޮފީހަށް ގަންނަންޖެހޭ މުދަލަށް އޯޑަރުކޮށް، މުދާ ހޯދާ، ބަލަހައްޓައި، މުދާ ދޫކުރަންޖެހޭ ފަރާތްތަކަށް ދޫކުރުން.
  6. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކޯޓުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ މަޢުލޫމާތު ފަސޭހައިން ހޯދޭނެފަދަގޮތަކަށް ބެލެހެއްޓުން.
  7. ކޯޓު ހުޅުވާ ލެއްޕުމުގެ ކަންތައްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ރާވައި އިންތިޒާމުކޮށް ބެލެހެއްޓުން.
  8. ކޯޓުގެ ކައުންޓަރުން ޢާއްމުންނަށް ލިބިދޭންޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމާ، ޢާއްމު ފަރާތްތަކުން ބައްދަލުކުރަންއެދޭ ކޯޓުގެ މުވައްޒަފުންނާ ބައްދަލުކުރެވޭނެ އެންމެހާ އިންތިޒާމްތައް ހަމަޖައްސައިދިނުން.
  9. ކޯޓުގެ މުވައްޒަފުންގެ ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުންފަދަ ވަޒީފާއާއި ގުޅުންހުރި އެންމެހާ މަސައްކަތްތަކުގެ އިދާރީ މަސައްކަތްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކުރުމާއި، ކޯޓުގެ މުވައްޒަފުންގެ (ދާއިމީ އަދި ވަގުތީ) މަޤާމުތަކުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  10. ކޯޓުން ބައިވެރިވާ ރަސްމީ ޖަލްސާ/ސެމިނަރ/ވަރކްޝޮޕް/ތަމްރީނު ޕްރޮގްރާމް/ދަތުރުފަދަ ކަންތައްތަކުގެ ރިކޯޑް އެނގޭނެގޮތަށް ބެލެހެއްޓުމާއި، މިފަދަ ކަންތައްތަކުގައި މުވައްޒަފުން ބައިވެރިވުމަށްޓަކައި ކޯޓުން ކޮށްދޭންޖެހޭ އިދާރީ އެންމެހާ ކަންތައްތައް ކުރެވޭނެގޮތް ހަމަޖައްސައިދިނުން
  11. ފަނޑިޔާރުންގެ ޙާޟިރީއާއި ސަލާމާއި ޗުއްޓީގެ ރިކޯޑް ޤަވައިދުން ބަލަހައްޓާ، ފަނޑިޔާރުންގެ ޙާޟިރީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވައިދުން ފޮނުވުން.
  12. މުވައްޒަފުންނަށް ލިބިދޭންޖެހޭ މުސާރައާއި އެންމެހާ ޢިނާޔަތްތަކުގެ ތަފްޞީލު ފައިސާއާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން
  13. އިދާރީ ކަންތައްތަކާ ގުޅިގެން އެޑްމިނިސްޓްރޭޝަން ސެކްޝަނަށް އެކި ފަރާތްތަކުން އަންނަ ސިޓީ، މެސެޖް ފަދަ ލިޔުންތަކަށް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެމަތިން ޖަވާބުލިޔެ އެފަރާތްތަކަށް ފޮނުވުމާއި، އަދި އަނގަބަހުން ޖަވާބުދާރީވާންޖެހިއްޖެ ކަމެއްގައި އެގޮތުގެ މަތިން ޖަވާބުދާރީވުން
  14. އެއަރކޯން ފަދަ ހުރިހާ މެޝިނަރީއާއި، އިކްއިޕްމަންޓްސްގެ މެއިންޓަނަނަންސް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި ބެލެހެއްޓުން
  15. ހައުސްކީޕަރުންނާ ވޮޗަރުން ޤަވާޢިދުން ޙަރަކާތްތެރި ކުރުވުމާއި، އެމީހުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން
  16. ކޯޓުގެ އިދާރީ ކަންކަން ކުރިއެރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޗީފް އެޑްމިނިސްޓްރޭޓަރުގެ ލަފާއާއިއެކު ކުރުން.
  17. މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރަށް "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ތަޢުލީމީރޮނގު:

އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / އައިޓީ / އެކައުންޓިންގ އެންޑް ފައިނޭންސް / ޝަރީޢަތާއިޤާނޫނު

ގުޅޭވަޒީފާގެދާއިރާތައް:

  • އޮފީސްއެޑްމިނިސްޓްރޭޝަން،
  • މެނޭޖްމަންޓް،
  • ޝަރީޢާ / ޤާނޫނީ
  • ބިޒްނަސް،
  • އިންފޮމޭޝަންޓެކްނޮލޮޖީ.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއް (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)

2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމައާއި ދޮންބައްޕަ ހިމެނޭގޮތަށް) ނުވަތަ

2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ  މީހުންނާއި ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)

2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިން)

2.5. އަނބިމީހާ ނުވަތަ ފިރިމީހާ

 

 

 

2.6.    ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެންއުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން)

2.7.    މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ  އާއި ދޮންބަފައިބެ)

2.8.    ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ)

2.9.    ދެބޭންގެ ދެދަރި މީހަކު.

ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ނ.ވެލިދޫ
     މެޖިސްޓްރޭޓް ކޯޓުގެ ވެބްސައިޓުން n-velidhoo.courts.gov.mv އަދި ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީއަށްއެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމްދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތްހާލަތްތަކުގައި ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،  ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ    އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއުޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާ (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤަމުތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ)

(ރ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލް 6ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖްރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމް"

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:

 

މާކްސް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަމްރީން

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިމްތިހާން ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖުލައި 2023 ދުވަހުގެ 14:00 ގެ ކުރިން، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އީމެއިލް: [email protected]

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެތަނާއި، މުއްދަތު

މިމަޤާމަށް މީހަކުހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަރވިއު އޮންނާނީ 25 ޖުލައި 2023 އާއި 10 އޮގަސްޓް 2023 އާ ދެމެދު ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އިންޓަރވިއު ކުރެވޭނީ އިމްތިހާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށް ވުރެ މަތިން ހޯދާ ފަރާތްތަކާއިއެވެ.

 

 

 

ވަޒީފާއަށް ކުރިމަތިލިފާރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

ސްކްރީން ޕްރޮސެސްނިމުމުން "ވަޒީފާއަށްކުރިމަތިލި ފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (A2 ޝީޓް) " އާންމުކޮށް ފެންނާނެހެން މިކޯޓުގައި އަދި މިކޯޓުގެވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން ތިންދުވަހުގެ ތެރޭގައި އެޝަކުވާއެއް މިކޯޓަށް ހުށަހަޅަންވާނެއެވެ.

  • މިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ 6560014 އަށެވެ. އީ-މެއިލްކުރާނީ

 [email protected] އަށެވެ.

  • މިއުލާނާއިގުޅިގެން އީ-މެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއްޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓުގައި ފޮނުވާ ފޯމްތައް އެކަނިކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓުތަކާއި ލިޔުންތަކުގެ އަޞްލު ގެނައުމަށް ދެންނެވީމެވެ.
  • މިމަޤާމަށް ކުރިމަތިލާންވާނީ ކުރިން މަސައްކަތްކޮށްފައިވާ އޮފިސްތަކުންނާއި އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓް މިކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.

 

24 ޛުލްޤާއިދާ 1444

12 ޖުލައި 2023

 

 

                                                          ޢަލީ އަޙްމަދު

                                            ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ

 

12 ޖުލައި 2023
ހޯދާ