ދިވެހިރާއްޖެ
ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، މިހިނގާ ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި ގައްދޫ ރަށްވެހިގޭ އިމާރާތް ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި، ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ.
ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
11 ޖުލައި 2023