ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލް އިދާރާގެ މާރެސް ލޯންޗް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ހދ އަތޮޅު ކައުންސިލް އިދާރާގެ މާރެސް ލޯންޗްގެ މަރާމާތުތައް، އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު 09/2023 ޢިއުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކުރުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

23 ޖުލައި 2023 ނިޔަލަށް

23 ޖުލައި 2023 ގެ 14:00 ކުރިން، އޮންލައިންކޮށް

މައުލޫމާތު ސާފުކުރުން

18 ޖުލައި 2023

11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް

ބީލަންތައް ހުޅުވުން

25 ޖުލައި 2023

11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް

 

  1. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

    އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

    ފޯން: 6521646 ، 6521643

    އީމެއިލް: [email protected]

12 ޖުލައި 2023
ހޯދާ