ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނެޓްވޯރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރެއްވުން:
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ އެކަމެއް ސާފުކުރައްވަން ޖެހޭނެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 16 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހުދުހުދު މާލަމުގައި އޮންނާނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެއްޖެ ނަމަ 3010996 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ވެސް މައުލޫމާތު ސާފު ކުރެއްވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން:
އަދި މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖުލައި 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.