މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކާއި ގަސްތަކުގެ ވެރިފަރާތް ހޯދުން

މިރަށު ޕޮލިސްސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ބިން ސާފުކުރުމަށްޓަކައި  ކޮންމެހެން ނަގަންޖެހޭ ރުއްތައް ނެގުމަށްޓަކައި، މިއިދާރާއިން އޮރެންޖު ކުލައިން ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

މިއިދާރާއިން ޖަހާފައިވާ ނަންބަރު

ރުއްތައް ހުރި ސަރަޙައްދު

1 އިން 72އަށް

" ޕޮލިސްސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ބިން "

 

ވީމާ، ރުއްތަކުގެ ވެރިފަރާތުން 20 ޖުލައި 2023 ވާ ( ބުރާސްފަތި ) ދުވަހުގެ 13:00 ކުރިން، ރުއްތަކުގައިގައި މި އިދާރާއިން  ޖަހާފައިވާ ނަމްބަރާއި ރުއްގަހުގެ ދަފްތަރު ނަމްބަރު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް އަންގަވާދެއްވުން އެދި ދެންނެވީމެވެ.

ޤާނޫނު ނަންބަރު 98/21 މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މިކައުންސިލްގެ ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ވެރިފަރާތެއް ވާކަން ނާންގާކަމުގައި ވާނަމަ ރުއްގަހުގެ ވެރިފަރާތެއް ނުވާކަމުގައި ބަލައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

02 މުޙައްރަމް 1444

11 ޖުލައި 2023

11 ޖުލައި 2023
ހޯދާ