ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓުރޫމުގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:
މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަޢްލޫމާތު ސާފުކޮށްދިނުން 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހަޅާނީ 23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކޯޓަށެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައިގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ [email protected] އަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
23 ޛުލްހިއްޖާ 1444
11 ޖުލައި 2023