ދިވެހިރާއްޖެ
އިޢުލާން
ހަތް ވަނަ ސައުތް އޭޝިއާ އެކްސްޕޮޒިޝަން އަދި 27 ވަނަ ކުންމިންގ އިމްޕޯޓް އަދި އެކްސްޕޯޓް ފެއަރގައިބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގް ގައި ބާއްވާ ޗައިނާ ކުންމިންގް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމޯޑިޓީޒް ފެއަރ އެންޑް ޗައިނާ ސައުތް އޭޝިއާ އެކްސްޕޯ މިއަހަރުގެ އޮގަސްޓް މަހުގެ 16-20 އަށް ބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ޗައިނާގެ ސަރުކާރުން ދިވެހި ރާއްޖެ އަށް ވަނީ އަންގަވާފައެވެ. އަދި ޗައިނާ ސައުތް އޭޝިއާ އެކްސްޕޯ ގައި ދިވެހި ރާއްޖޭގެ ފަރާތުން ބައިވެރުވުމަށް ވަނީ ދައުވަތު ދެއްވާފައެވެ.
ކޯވިޑް-19 ގެ އަހަރުތަކަށް މެދުކެނޑުމަށްފަހު ކޮންމެ އަހަރަކު ބާއްވާ މި ފެއަރ އަކީ ޗައިނާގެ އިތުރުން، ދުނިޔޭގެ އެކި އެކި ޤައުމުތަކުން ވަރަށް ގިނަ ވިޔަފާރިތަކުން އަދި އާންމުންގެ ފަރާތްތައް ޒިޔާރަތް ކުރާ ފެއަރ އެކެވެ. އެހެންކަމުން، މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތަކީ ދިވެހި އެކިއެކި ވިޔަފާރިތަކުން އެފަރާތްތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަމުގައި މި މިނިސްޓްރީން ދެކެމެވެ.
އެހެންކަމުން، ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ތެރެއިން، މިފެއާރގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2023 ގެ 14.00 ގެ ކުރިން މިމިނިސްޓްރީއަށް އެކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު ވެލާނާގެ 11 ވަނަ ފަންގިފިލާ އޮފީހަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށްނަމަ ފޯމު ހުށަހަޅުއްވާނީ [email protected] އަށެވެ. މިފެއަރގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓު (www.trade.gov.mv) އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. އަދި މި ފެއަރ އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333181 ނުވަތަ 3333182 އަށް ގުޅުއްވުން އެދެމެވެ.
23 ޛުލްޙިއްޖާ 1444
11 ޖުލައި 2023