ދިވެހިރާއްޖެ
މަޑަވެލި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ގދ. މަޑަވެލި ކައުންސިލަށް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން 18 ޖުލައި 2023 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިމިވާ ލިންކުންވަދެ ފޯމް ފުރިހަމަކޮށް ބިޑްގައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
https://forms.gle/Dvf3znjLaSq8o6ZG7
ބިޑްގައި ރެޖިސްޓްރީވާ ފަރާތްތަކަށް ޒޫމް މީޓިންގ މެދުވެރިކޮށް 20 ޖުލައި 2023 ގައި މިއިޢުލާނާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓަރ ވުމުން އެފަރާތްތަކާއި ޒޫމް މީޓިންގ ލިންކް ހިއްސާކުރެވޭނެއެވެ. އަދި 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން އަގުހުށަހަޅާ ފޯމުން ނުވަތަ ކޯޓޭޝަން އިން މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއި މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބިޑްގައި ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.