މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 މެނޭޖަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އޮޕަރޭޝަންސް ޑިޕާރޓްމަންޓް / ކަނޑުއޮތްގިރި ފިޝްވިލެޖް

މުސާރަ

10،000.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސާވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60
  • ސެޓްފިކެޓް އެލަވަންސް: ޑިޕްލޮމާއަށް ބޭސިކް މުސާރައިގެ %20 ، ބެޗްލާރސް ޑިގްރީ ބޭސިކް މުސާރައިގެ %40 ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ މެނޭޖްމަންޓް ދާއިރާގައި 04 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ސައިޓް އޮޕަރޭޝަން ގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރުވުން.
  • ސައިޓް އޮޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ޝެޑިއުލް ކުރުވާ، މުވައްޒަފުންގެ ޕަރފޯމަންސް ޤަވައިދުން މޮނިޓަރ ކުރުން.
  • ސައިޓްގައި ހިންގޭ ޕްރޮޖެކްޓް މަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރކޮށް ހެޑް އޮފީހުގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުން.
  • ސައިޓްގައި ހިންގޭ ޕްރޮޖެކްޓްސް ކުރިއަށްގެންދާއިރު ދިމާވާ ދަތިތަކާއި އަދި މަސައްކަތްތަކުގެ އަޕްޑޭޓްސް ހެޑް އޮފީހުގެ ކަމާއި ގުޅޭ ޑިޕަރޓްމެންޓާއި ހިއްސާކުރުން.
  • ސައިޓްގެ އޮޕްރޭޝަންސް ބަޖެޓް މަސައްކަތް ކުރުވާ، މަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓްތަކުގެ ތެރެއިން ސައިޓް އޮޕަރޭޝަންސް އަށް ބޭނުންވާ ރިސޯސަސް އާއި ސައިޓުގެ އެކި ކަންކަންކަމަށް ބޭނުންވާ މުދާ އޮޕަރޭޝަނަށް ދަތިނުވާނޭހެން ހޯދައި މެއިންޓެއިންކުރުމުގައި އެކަންކަމާއި ގުޅޭ ދާއިރާތަކާއެކު ގުޅިގެން މަސައްކަތް ކުރުން.
  • މެނޭޖްމަންޓް އިން ސައިޓްގައި ހިންގަން ރާވާފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭސް ބަލައި ނިންމަންޖެހޭ ޑެޑްލައިންތަކަށް ނިންމުމަށް މަސައްކަތް ކުރުވާ، ސެންޓަރުގެ އޮޕަރޭޝަންސް މެނޭޖްމަންޓްގެ މަޝްވަރާގެ މަތިން ރާވައި ހިންގުން.
  • ސެންޓަރުގެ އޮޕަރޭޝަން ރާވައި ހިންގުމުގައި ކުންފުންޏަށް އެންމެ ފައިދާހުރިގޮތަށް ބަލައި ކަންކަން ނިންމުން.
  • ހެޑް އޮފީހުގެ މަޝްވަރާގެ މަތީން ސައިޓްގެ މަސައްކަތް ރާވާ ހިންގުން. އަދި ސައިޓްގައި ދިމާވާ މައްސަލަތަކަށް ބޭނުންވާ ހައްލުހޯދުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

- އިންޓަރވިއު -------------%20

- ޕްރެޒެންޓޭޝަން------------%30

- ތަޢުލީމީ ފެންވަރު----------%20

- މަސައްކަތުގެ ތަޖްރިބާ------%30

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ޖޮބް އެޕްލިކޭޝަން ފޯމް ހުށަހެޅުން (ޖޮބް އެޕްލިކޭޝަން ފޯމް އެޓޭޗްކުރެވިފައި).

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

    އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 ޖުލައި 2023 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

10 ޖުލައި 2023
ހޯދާ