ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުޞޫލުން ކުއްޔަށް ދޫކުރުން
މިރަށުގެ ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ބަނދަރު މޫނުމައްޗައް ވާގޮތަށް (އާއްމު ފިޔަފާރި / ފިހާރަ) ހެދުމަށް އޮތް 3 ބިމާއި ، މިހާރު ދޫކޮށްފައިވާ ތެޔޮ ގުދަނުގެ ދެކުނުން އޮތްބިން ތެޔޮ ގުދަން ހެދުމަށް (ޖުމްލަ 4 ބިން) ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި ފެރީޓަރމިނަލް ކައިރިން '15×'15 ބިމެއް ޕެޓްރޯލް ސެޑެއް ހެދުމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.މި ބިން ދޫކުރެވޭނީ ތެޔޮބިން ނަގާ ފަރާތަކަށެވެ. ބަނދަރުގެ މޫނުމައްޗަށްވާ ގޮތަށްހުރި ބިންތައް (1،2،4.1) ދޫކުރުމަށްހަމަޖެހިފައިވަނީ އެންމެ ކުޑަވެގެން އަކަފޫޓަކަށް މަހަކު 60.ލ (ފަސްދޮޅަސް ލާރި) ގެ ރޭޓުން 10 އަހަރުގެ މުއްދަތަށެވެ. އަދި އެތެރޭ ބިންތަކުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް 40 ލާރި އެވެ.
ވީމާ، ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖުލައި 12 އިން 2023 ޖުލައި 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރިއެއްނުވެވޭނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖުލައި 23 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
- ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ 2023 ޖުލައި 30 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
- މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ރަސްމާދޫ ކައުންސިލް އިދާރާ
ރ.ރަސްމާދޫ، ދިވެހިރާއްޖެ.
ފޯން: 6580049
އީ-މެއިލް: [email protected]