ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ،
ދިވެހިރާއްޖެ
ނަންބަރު:IUL10-NE/10/2023/100
އިޢުލާން
މިއަހަރުގެ މިނިވަންދުވަހުގެ ޙަރަކާތްތަކުގެ ތެރޭގައި މި މިނިސްޓްރީއާއި އާބަންކޯ ގުޅިގެން 28 ޖުލައި 2023 ން 4 އޮގަސްޓް 2023 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި "މިނިވަން އުފާ ކަނިވާ" މިނަމުގައި ކާނިވަލެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، މި ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތު އޮންނަ ޖުލައި 28 ވަނަ ދުވަހުގެރޭ ކާނިވާ ސްޓޭޖްގައި ތިރީގައި މިދަންނަވާ ޙަރަކާތްތައް ކުރިއަށް ގެންދަން ޝައުޤުވެރިވާ ފަރާތްތަކަށް ބައިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ބޮޑުބެރާއި ޘަޤާފީ ތަފާތު ކުޅިވަރުތައް
- ޒަމާނީ މިޔުޒިކް
- ނެށުމުގެ ޙަރަކާތްތައް
- ވަކިވަކި ފަންނާނުންގެ މުނިފޫހިފިލުވުމުގެ ތަފާތު ހުނަރުތައް ދައްކާލުން
ވީމާ، ޖުލައި 28 ވަނަ ދުވަހުގެރޭ ކާނިވާގެ ސްޓޭޖްގައި މިދެންނެވި ފަދަ ޙަރަކާތްތައް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޕްރޮޕޯސަލް ތައްޔާރު ކުރެއްވުމަށްފަހު 13 ޖުލައި 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.