ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޑިފެންސް ނަންބަރު 28-DASA/221/2023/5 (19 ޖޫން 2023) ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.
ދިވެހިރާއްޖޭގެ އެތެރޭ އުދުހުން ތަކުގައި ޓްރެވަލް ޑޮކިއުމަންޓްގެ ގޮތުގައި ބޭނުންކުރެވޭ ލިޔުންތަކާއި ގުޅޭ ގޮތުން މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އާއްމު ކޮށްފައިވާ ސާރކިއުލަރ ނަންބަރު: 28-DASA/CIR/2023/7 ގައި ބަޔާންކޮށްފައިވާ "ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާރޑް ނަންބަރު ޖެހި ރަސްމީ ލިޔުން" ދޫކުރުމުގައި ޚިދުމަތުގެ ޕްރިންޓް ކުރުމަށް ކައުންސިލުން ނެގުމަށް ފާސްކޮށްފައިވާ އަގު ކަމުގައިވާ 20/- (ވިހި ރުފިޔާ) ނަގާނެވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މި ބަދަލަކީ މި ލިޔުމުގެ އަސްލު ހުށައެޅުމަށް އަންގާފައިވާތީ ގެނެވިފައިވާ ބަދަލެއްކަމުގައި އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި ދަތުރު ފަތުރު ކުރުމަށްޓަކައި ރައްޔިތުން ދުރާލާ އެކަމަށް ތައްޔާރުވެ ތިއްބެވުމަށް ހަނދުމަކޮށް ދެމެވެ. އަދި ވަނަވަރު އަންގައިދޭ ލިޔުން ދޫކުރެވޭނީ އެކަމަށް އެދި ރަސްމީ 1 (އެއް) ދުވަސް ކުރިން ޚިދުމަތައް އެދޭ ފަރާތުގެ 3 މަސް ހަމަނުވާ ފޮޓޯ (ސޮފްޓް ކޮޕީ) އާއި އައިޑީކާޑުގެ ކޮޕީ އަކާއެކު މި އިދާރާގެ އީމެއިލް[email protected] އަށް ހުށައެޅުމުންނެވެ.
ވީމާ އައިޑީ ކާރޑް ގެ މުއްދަތު ހަމަވުމުގެ ކުރިން އައިޑީ ކާރޑް ހެއްދުމަށް ޑީ.އެން.އާރް ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ޑީ.އެން.އާރް ޕޯޓަލް: https://online.dnr.gov.mv/
ވީމާ މިކަން އާންމުކޮށް އިއުލާންކުރީމެވެ.