ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރުމާ ބެހޭ

ދަރަނީގެ ރެކޯޑު ސާފުކުރުމާ ބެހޭ

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި ހަފްތާ ބަންދު ދުވަސްތަކާއި، މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން، ސަރުކާރު ބަންދުވާ ދެ ދުވަސްކަމުގައިވާ 26 އަދި 27 ޖުލައި 2023 މި މުއްދަތުގެ ތެރޭގައި ހިމެނޭތީ ބަންދުތެރޭގައި ވެސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމް މި ޑިޕާޓްމަންޓްގެ ރިސެޕްޝަންގައި ތިރީގައި މިދަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 އަދި 27 ޖުލައި 2023 ވަނަދުވަސް: ހެނދުނު 09:00 ން މެންދުރުފަހު 15:00 އަށް

28 ޖުލައި 2023 ވާ ހުކުރު ދުވަސް:  މެންދުރުފަހު 14:30 ން 16:30 އަށް

29 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު :0009 ން މެންދުރުފަހު 15:00 އަށް

ރެކޯޑު ސާފުކުރުމަށް 3 ދުވަހާއި 5 ދުވަހުގެ މުއްދަތެއް ހިނގާނެތީ މި މުއްދަތު ލިބޭގޮތަށް މި ޑިޕާޓްމަންޓަށް ރެކޯޑު ސާފުކުރުމަށް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.

ރެކޯޑު ސާފުކުރުމަށް މި ޑިޕާޓްމަންޓަށް ހުށަހަޅަންޖެހޭ ފޯމު "ޖަދުވަލު1" މި ޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

https://dja.gov.mv/?p=4406

އަދި، ރެކޯޑު ސާފުކުރުމަށް މި ޑިޕާޓްމަންޓުގެ ރިސެޕްޝަނަށް ނުވަތަ[email protected]  އަށް ހުށަހެޅޭނެއެވެ.

22 ޛުލްޙިއްޖާ  1444

10 ޖުލައި 2023
ހޯދާ