އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެރީ ޓާމިނަލްގެ ކޮންކްރީޓް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިރަށު، ބަނދަރު ސަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވާ ފެރީޓާމިނަލްގެ އެންމެހައި ކޮންކްރީޓް މަސައްކަތްތައް، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮއްފައިވާ އިއުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީވެ މިއިދާރާގެ ނަންބަރ (IUL) C-352/2023/18އިއުލާން ބާތިލްކޮށް މިމަސައްކަތް ކޮއްދޭނެފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖުލައި 2023 ވާ، ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާ އަށް ދުރުވެ ނުވަތަ މިއިދާރާގެ 6680888 ނަންބަރު ފޯނަށް ގުޅުއްވައިގެން ރަޖިސްޓްރީކުރެއްވުންއެދެމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން، އޮންނާނީ 23 ޖުލައި 2023 ވާ އާދިއްތަ ދުވަހު 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަންދާސީ ހިސާބު ހުށަހަޅަން މިއިދާރާގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރެވޭނީ 3،000.00 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. އިތުރު މަޢުލޫމާތު ދިނުމުގެ ޝެޝަންގައި ބައިވެރި ވެލެއްވޭނީވެސް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.
09 ޖުލައި 2023
ހޯދާ